ދާއިރާ : ތައުލީމް، ސިއްޙީ، ސަޤާފަތާއި ތަރިކަ، ކުނިމެނޭޖްކުރުން، ވިމެން އެމްޕަވަރމަންޓް
- ރަށުސްކޫލް އާއި ގުޅިގެން ރަށުގެ ތައުލީމު ކުރިއަރުވައި، ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމު ޤާއިމްކުރުން.
- އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާ ތަކާއި ގުޅިގެން މަސައްކަތް ކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތްކެއަރ އާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރިކޮށްދީ، ކަމާބެހޭ އިދާރާތަކާއި ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ޤާއިމްކޮށްދިނުމަށް މަސައްކަތް ކުރުން.
- ރަށުގައި އުފެދޭ މަދިރި އާއި، ހުވަނި އަދި އާންމުނަށް އުނދަގޫވާތަށް އުފެދޭ ނުވަތަ ގެއްލުންދޭ ފަނިފަކުސާ ފަދަ ތަކެތި ނައްތާލައި، ޕެސްޓް ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމާބެހޭ އިދާރާތާކާއި ގުޅިގެން ކުރުން.
- މަގުތަކާއި، އިޖުތިމާއީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
- އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުމަށްޓަލައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކުނިގޮނޑު ބަލަހައްޓާ މުވައްޒަފުންގެ ކަންކަން ރަނގަޅަށް މޮނިޓަރކޮށް، އެމީހުންނަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ، ކުނިގޮނޑު ރީތިކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މަގުތަކާއި، އިޖުތިމާއި ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާ މުވައްޒަފުންގެ ކަންކަން ރަނގަޅަށް މޮނިޓަރ ކުރުމާއި، އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ މަސައްކަތް ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ޤާއިމްކޮށްދިނުމަށް މަސައްކަތް ކުރުން.
- ސިޔާސީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އަންހެނުންނާމެދު ކުރާ އެކިއެކި ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރުމާއި، އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ހޯދައިދިނުމަށް އެއްބާރުލުންދީ މަސައްކަތްކުރުމާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބާރުވެރިކުރުވުމަށް މަސައްކަތްކުރުން.
ކައުންސިލްގެ މަސައްކަތާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް އަށާއި ސެކްރެޓަރީ ޖެނަރަލް އަށް އެހީތެރިވެދިނުން.