އުތީމު ކައުންސިލްގެ 4 ވަނަ ދައުރުގެ 218 ވަނަ އާންމު ބައްދަލުވުމުގެ ނިންމުން

  • ކައުންސިލްގެ 4 ވަނަ ދައުރުގެ 218 ވަނަ ބައްދަލްވުމުގެ އެޖެންޑާ ރިޔާސަތުން ހުށައެޅުއްވި ގޮތަށް ފާސްކުރަން ފެންނަކަމަށް ނިންމެވިއެވެ.
  • ކައުންސިލްގެ 4 ވަނަ ދައުރުގެ 217 ވަނަ ބައްދަލްވުމުގެ ޔައުމިއްޔާ ފާސްކުރަން ފެންނަކަމަށް ނިންމެވިއެވެ.
  • އުތީމު ޓުއަރިސްޓް ހޮޓާ ހުޅުވުމަށް 15 މަސްދުވަސް އިތުރު ކުރުމަށާއި، އިތުރު ކުރެވިފައިވާ 15 މަސްދުވަސް ހަމަވުމަށްފަހު، އިތުރުވާ ކޮންމެ ދުވަހަކަށް 65 (ފަސްދޮޅަސްފަހެއް) ޑޮލަރު ގެ ޖުރްމަނާއެއް ނެގުމަށް ނިންމެވިއެވެ.
  • ކަނދުވަލް މިސްކިތު ސަރަހައްދުގައި ޕާރކް ހެދުމަށް އެދިފައިވާތީ އެގޮތަށް ނިންމުމަށް ނިންމެވިއެވެ.
  • ޤުރްއާން ކިލާހުގެ ދެ މުދައްރިސުން އިދާރީ މަސައްކަތް ކުރަންޖެހޭތީވެ އެލަވަންސެއް ދިނުމާއި ގުޅޭގޮތުން އިދާރީ މޭޒުން ހުށައަޅާފައިވާ ގޮތަށް ފާސްކުރުމަށް ނިންމެވިއެވެ.
  • ކައުންސިލް އިދާރާއަށް އައިލެންޑް ޕިކަޕެއް ގެނެއުމަށް ނިންމެވިއެވެ.