އުތީމު ކައުންސިލްގެ 4 ވަނަ ދައުރުގެ 220 ވަނަ އާންމު ބައްދަލުވުމުގެ ނިންމުން

  • ކައުންސިލްގެ 4 ވަނަ ދައުރުގެ 220 ވަނަ ބައްދަލްވުމުގެ އެޖެންޑާ ރިޔާސަތުން ހުށައެޅުއްވި ގޮތަށް ފާސްކުރަން ފެންނަކަމަށް ނިންމެވިއެވެ.
  • ކައުންސިލްގެ 4 ވަނަ ދައުރުގެ 219 ވަނަ ބައްދަލްވުމުގެ ޔައުމިއްޔާ ފާސްކުރަން ފެންނަކަމަށް ނިންމެވިއެވެ.
  • ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި އުތީމު ތަމްސީލް ކުރާނެ ޓީމެއް ބައިވެރި ކުރުމާއި، ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ނިންމެވިއެވެ.
  • ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވާ އުތީމު ޓީމަށް ކޯޗަކު ހަމަޖެއްސުމާއި، ކޯޗަށް އެލަވަންސްއެއް ދިނުމަށް ނިންމެވިއެވެ.
  • ސިނާއީ ސަރަހައްދަށް ކަރަންޓްލުމާއި ގުޅިގެން އެސަރަހައްދުން ދޫކޮށްފައިވާ މަސްކައްކާ ހިއްކާ ބިންތަކާއި، އެހެނިހެން ބޭނުމަށް ދޫކޮށްފައިވާ ބިމުން 2025 އޮކްޓޫބަރު މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން ކުލި ނެގުމަށް ނިންމެވިއެވެ.
  • ރީޓެއިލް ވިޔަފާރި ކުރުމަށް ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ބިމުގެ ގްރޭސް ޕީރިއެޑް ނިމުނުއިރު ބިމުގައި އެއްވެސް ކަމެއް ކުރިއަށްގޮސްފައި ނުވާތީ އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށް އެފަރާތަށް އެންގުމަށް ނިންމެވިއެވެ.