- ކައުންސިލްގެ 4 ވަނަ ދައުރުގެ 217 ވަނަ ބައްދަލްވުމުގެ އެޖެންޑާ ރިޔާސަތުން ހުށައެޅުއްވި ގޮތަށް ފާސްކުރަން ފެންނަކަމަށް ނިންމެވިއެވެ.
- ކައުންސިލްގެ 4 ވަނަ ދައުރުގެ 216 ވަނަ ބައްދަލްވުމުގެ ޔައުމިއްޔާ ފާސްކުރަން ފެންނަކަމަށް ނިންމެވިއެވެ.
- ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާ ދަރިވަރަށް އެހީތެރިވުމަށް ނިންމެވިއެވެ.
- 1447 ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން ބޮޑުބެރު ގުރޫޕެއް ގެނައުމަށް ނިންމެވިއެވެ.
- 1447 ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން 1 މަސްދުވަހަށް ކުއްޔަކާނުލައި ބަނދަރުގައި ގާޑިޔާ ބެހެއްޓުމަށް ނިންމެވިއެވެ.
- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިން އިރުމަތި ފަރާތުން ކޯޓާއި އެއްއިމަށް ބޮޑުކުރުމާއި، ދެކުނުން ކައުންސިލް އިދާރާއާއި ހަމައަށް ބޮޑުކޮށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިން އިތުރު ކުރުމަށް ނިންމެވިއެވެ.
