ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އިސްރަށްވެހިންގެ ހަވީރެއް ބާއްވައިފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޙަފްލާތަކުގެ ތެރެއިން، އުތީމު ކައުންސިލުން ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ރަށުގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްރަށްވެހީންގެ ހަވީރެއް ބާއްވައިފިއެވެ. ދުވަސް ފެށިގެން ދިޔައީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުންނެވެ. މި ރަސްމިޔާތުގައި ކައުންސިލްގެ މެންބަރުންނާއި، ސްކޫލް ދަރިވަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ރަށުގެ ރައްޔިތުން ބައިވެރިވެފަވެއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން ރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން […]