ހއ.އަތޮޅު ކައުންސިލާއި އުތީމު ކައުންސިލް ގުޅިގެން މިހާރު އުތީމުގައި ކުރިއަށްދާ އެސް.ޓީ.އޯ ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށް ފެނަކަ މުރައިދޫ ބްރާންޗް ޓީމާއި، ފިއްލަދޫ ކައުންސިލް ޓީމް މުބާރާތުގެ ފައިނަލް އަށް ދަތުރުކޮށްފިއެވެ. އުތީމު ކަލާފާނު ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗްގައި ފެނަކަ މުރައިދޫ ބްރާންޗް ޓީމާއި، ދިއްދޫ ފެނަކަ ބްރާންޗް ޓީމް ބައްދަލުކޮށް 5 : 8 އިން ކުރި ހޯދައިގެން ފެނަކަ މުރައިދޫ ބްރާންޗް ޓީމް ވަނީ މެޗް ކާމިޔާބު ކޮށްފައެވެ. އަދި، ރޭގަނޑު ކުޅުނު މެޗްގައި ފިއްލަދޫ ކައުންސިލް ޓީމާއި، ތުރާކުނު ކައުންސިލް ޓީމް ބައްދަލުކޮށް 1 : 6 އިން ކުރިހޯދައިގެން ފިއްލަދޫ ކައުންސިލް ޓީމް ވަނީ މެޗް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2023 ވާ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި އުތީމު ކަލާފާނު ސްޓޭޑިއަމް ގައެވެ. މި ދެ ޓީމަކީވެސް ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމްތަކަކަށް ވާތީ މިފަހަރުގެ ޗެމްޕިއަންކަން ހޯދާނެ ޓީމަކާމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.