އުތީމު ސުޕޯރޓު އެރީނާގެ ބައެއް މަސައްކަތްތައް ބަޔަކާ ހަވާލު ކޮއްފި
ހއ.އުތީމު ސުޕޯރޓްސް އެރީނާ ޕުރޮޖެކްޓުގައި ހިމެނޭ ބަށި ކޯޓު އަދި 2 ވޮލީ ކޯޓުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.
އިއްޔެ ސޮއި ކޮށް ހަވާލުކުރި ބަށި ކޯޓު ހަވާލުކޮށްފައިވަނީ އުތީމުގެ ބޭފުޅަކާއެވެ. އަަދި ވޮލީ ކޯޓުގެ މަސައްކަތް ހަވާލުވެފައިވަނީ ނ. ވެލިދޫ ބޭފުޅެކެވެ.
ނިމި ދިޔަ 2018 ވަނަ އަހަރު އިޢުލާން ކޮށް ބިޑުކުރި މިމަސައްކަތް ޔޫތުމިނިސްޓްރީގެ ފަރާތުން އެފަރާތް ތަކަށް ދީފައިވަނީ ހުށަހެޅި އަގަށް އެފަރާތްތައް އެއްބަސްވުމާގުޅިގެންނެވެ.
ރަށް ރަށުގެ ތަރައްޤީ އަށް މިފަދަ ބޮޑެތި މަސްރޫއު ރާވާ ހިންގަމުން ގެންދަވާކަމަށްޓަކާ އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޔޫތުމިނިސްޓަރ އަހުމަދު މަހުލޫފުއަށް އެރަށު ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި މަސައްކަތް ހުއްޓިފައިވަނިކޮށް އެކަން އެރަށަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު އަބްދުﷲ އަށް އަދި ކުރީގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ސުޖާއު އަށް ކައުންސިލުން ވަނީ ޝުކުރުދަންނަވާފައެވެ.
މިކަމުގައި އެހީވި ހުރިހާ ބޭފުޅުންނަށް އެ ކައުންސިލުގެ ފަރާތުން ޝުކުރުދަންނަވާ ކަމަށާއި އުތީމު ޒުވާނުންގެ އުންމީދު ތަކުގައި ކުލަޖެއްސުމަކީ އެ ކައުންސިލުގެ އަމާޒު ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.