އުތީމަކީ ޕޯޗްގީޒުންގެ އަތްދަށުން މިޤައުމު ސަލަމާތް ކޮށްދެއްވި ކުޅަދާނަ ބަޠޮލު ބޮޑުތަކުރުފާނުގެ އުފަންރަށެވެ. އަދި އެތަކުރުފާނު ދިރިއުޅުއްވި ގެކޮޅާއި ފޭރާންކުރަން ޖެއްސެވި ހަރުކޮޅުން ހެދިފައިވާ ބޮޑުކާނިގަހާއި، ތަކުރުފާނު ދޫނި ހިއްޕަވައް އުޅުއްވި ތުނޑި އަދި ކަނދުވަލު މިސްކިތާއި އެމިސްކިތު ގޯތިތެރޭގައިވާ ވެވާއި އެތަކުރުފާނުގެ ބައްޕާފުޅު ފަސްދާނު ލެވިފައިވާ ޒިޔާރަތަކީ އާސާރީ ގޮތުން ފާހަގަކޮލެވޭ ތަންތަނެވެ. އުތީމުގެ ފިރިހެން ބޭފުޅުންނަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ކުރިއަރާދިއުމުގެ އަސްލުކަމުގައިވާ ރިސޯޓް ތައް ތަރައްޤީކުރުމުގެ މަސައްކަތް އަދި ރިސޯޓް ދާއިރާގައި މަސައްކަތް ކުރާބަޔަކެވެ. ޒާމާނުންސުރެ އުތީމު އަންހެން ކަބަލުންނަކީ ރޯނު ވެށުމާއި ފަންވިނުމާއި ބޯކަށިކެޔޮފަތުން ސާތި ވިޔުމުގެ މަސައްކަތާއި އަދި ކަނަމަދުން ތަފާތު ތަކެތި ހެދުމުގެ މަސައްކަތް ކުރާ ހީވަގި ބަޔަކެވެ. އަދި މިހާރު މުޅި ރާއްޖެއަށް މަސްހޫރު ކަނަމަދު މެޓާގެ އަސްލު ފެށުމަކީވެސް އުތީމު ކަބަލުންކަން ފާހަގަކުރަމެވެ. އުތީމު ރައްޔިތުންގެ އަބަދުގެވެސް އަޒުމަކީ އުތީމަށް ޒިޔާރަތްކުރާ މެހެމާނުންނަން މިސާލެއްފަދަ ރަށެއްގެ ގޮތުގައި މި މުތީއެއްފަދަ އުތީމު ބޭއްވުމެވެ.